ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޕައްލަބީ ސަރަހައްދުގައި، އުމުރުން އެންމެ 8 އަހަރު ގެއަންހެން ކުއްޖަކަށް ބޭއިންސާނީ އަނިޔާވެރި އަމަލުތަކެއް ހިންގުމަށްފަހު، ބޯބުރިކޮށްލައިގެން މަރާލި ބިރުވެރި ހާދިސާއަކުން މުޅި ގައުމު ސިއްސުވާލައިފިއެވެ.
މި ރަހުމުކުޑަ ހާދިސާގައި ގާތިލުންގެ ޝިކާރައަކަށްވީ ޕޮޕިއުލާ މޮޑެލް ހައިސްކޫލުގެ ގްރޭޑް 2 ގައި ކިޔަވަމުންދިޔަ، ހިތްހެޔޮ އަދި ކިޔެވުމަށް މޮޅު ދަރިވަރެއް ކަމަށްވާ ރަމިސާއަކްތާއެވެ.
މި ހާދިސާ ހިނގިއިރު، ރަމިސާ ވަނީ ދާދިފަހުން ބޭއްވި ކުލާސް އިމްތިހާނުން މުޅި ކުލާހުން 1 ވަނަ ހޯދާފައެވެ. ނަމަވެސް އެ ކާމިޔާބީގެ އުފާ ފާޅުކުރުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.
ހާދިސާ ހިނގި ގޮތް
ފުލުހުންގެ ތަހުގީގުން އެނގޭގޮތުގައި، ރަމިސާ ރަހީނުކޮށްގެން ގެންގޮސްފައިވަނީ އެފްލެޓް އިމާރާތުގައި ދިރިއުޅޭ އަވަށްޓެރިއެއް ކަމަށްވާ އުމުރުން 34 އަހަރުގެ ސޮހެލްރަނާއާއި އޭނާގެ އަނބިމީހާއެވެ. އެމީހުން ދިރިއުޅޭ އެޕާޓްމަންޓުގައި އިތުރު ބަޔަކުއުޅުނު ނަމަވެސް، މި ޖަރީމާ ހިންގި ވަގުތު ގޭގައި އެކަކުވެސް ނެތެވެ. ކުއްޖާ އެގެއަށްގެންގޮސް ރޭޕްކުރުމަށްފަހު، ކުއްޖާ ހަޅޭއްލަވަން ފެށުމުން މަރާލީ ކަމަށް ފުލުހުން ބުނެއެވެ.
ރަމިސާގެ މަންމަ، ޕަރްޗީން ބެގަމް ކިޔައިދިން ގޮތުގައި، ހެނދުނު ސްކޫލަށް ދާންކުދިން ހޭލެއްވިއިރު ރަމިސާ ކޮޓަރިއަކު ނެތެވެ. އޭނާ ހޯދަމުން ދަނިކޮށް، ސޮހެލްގެ ފްލެޓް ކައިރިން ރަމިސާ ހަޅޭއްލެވި އަޑު އިވިގެން އެދިމާލަށް ދިޔައިރު، އެގޭ ދޮރުމަތީގައި ރަމިސާގެ ފައިވާން ހުއްޓެވެ. ގޭގެ ދޮރުގައި ޓަކިޖެހުމުން ވެސް ނުހުޅުވުމުން، ދޮރުވައްޓާލާފައި އެތެރެއަށް ވަންއިރު ސޮހެލްގެ އަނބިމީހާ ހުއްޓެވެ. އަދި ރަމިސާގެ ހަށިގަނޑު ފެނުނީ އެމީހުން ނިދާ އެނދު ދަށަށް ކޮއްޕާލާފައި އޮއްވައެވެ.
ރަމިސާގެ ބޭބެ ބުނިގޮތުގައި، އެނދުދަށުން ހަށިގަނޑު ނެގިއިރު އޮތީ ބޯ ބުރިކޮށްލާފައެވެ. އޭނާގެ ބޯ ފެނުނީ ފާހަނާ ތެރޭގައި ހުރި ބާލިދީއެއްގެ ތެރެއަށް ލާފައިވަނިކޮށެވެ. ތަހުގީގުން އެނގޭގޮތުގައި ސޮހެލް މަސައްކަތް ކުރީ ކުއްޖާގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށް، ކުށް ފޮރުވުމަށެވެ.
ގާތިލުން ހައްޔަރުކުރުން
ރަމިސާގެ މަންމަ އެގެއަށް ވަން ވަގުތު، ސޮހެލް ވަނީ ކުޑަދޮރުން ފުންމާލައިގެން ފިލާފައެވެ. ނަމަވެސް، ފުލުހުން މިހާރު ވަނީ ސޮހެލް ރަނާއާއި އޭނާގެ އަނބިމީހާ ސްވަޕްނާ އަކްތާ ހައްޔަރުކޮށްފައެވެ. ކޯޓުގައި ސޮހެލް ވަނީ ކުށަށް އިއުތިރާފުވެފައެވެ.
ފުލުހުން ބުނީ ރޭޕްގެ ފުރިހަމަ ތަފްސީލު ލިބޭނީ އޮޓޮޕްސީ ރިޕޯޓަށްފަހު ކަމަށެވެ.
ރަމިސާގެ ކަށުނަމާދު ބާއްވާފައިވަނީ ސިރާޖުދިކާންގެ މަދްޔަމް ސީލްޑީ އަވަށުގައެވެ. އޭނާފަސްދާނުލެވުނީ އާއިލީ ގަބުރުސްތާނުގައި ކާފައާއި މާމާގެ ގާތުގައެވެ. މި ހާދިސާއާގުޅިގެން ރަމިސާގެ ބައްދަލުވީ ކުލާސް ކުދިންނާއި ޓީޗަރުންނަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އޭނާގެ ބައްޕަ، އަބްދުލް ހައްނާން މުއްލާ ރަމިސާގެ ހުސް ގޮނޑި ކައިރީގައިއިނދެ ރޮނިކޮށް، ކުލާހުގެ ހުރިހާ ކުދިންވެސް ވަނީ ދެރަވެ ރޮއެފައެވެ.
އާންމުން ރަތަށް
މި ރަހުމުކުޑަ އަމަލާ ގުޅިގެން ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއްފެށި، ކުށްވެރިންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ދަނީ ގޮވާލަމުންނެވެ. ބައެއްހިސާބުތަކުގައި ރުޅިގަދަވެފައިވާ ރައްޔިތުން ވަނީ ފުލުސް އޮފީސްތައް ކައިރިއަށް އެއްވެ،އިންސާފަށް އެދި އަޑުއުފުލާފައެވެ.
ބަންގްލަދޭޝްގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް މިހާރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ހިއުމަން ރައިޓްސް ސަޕޯޓް ސޮސައިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2024 ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް، ރޭޕްކުރުމަށްފަހު ނުވަތަ އަނިޔާކޮށްގެން 643 ކުދިން ވަނީ މަރާލާފައެވެ. މިއީ މަހެއްގެމައްޗަށް އެވްރެޖްކޮށް 32 ކުދިންނެވެ. ހަމައެކަނި މިއަހަރުގެ ފުރަތަމަ 4 މަސްދުވަސް ތެރޭގައިވެސް 203 ކުދިން މަރާލާފައިވެއެވެ.
އަދި ޖަނަވަރީ 2025 އިން ފެށިގެން އެޕްރީލް 2026 އާ ހަމައަށް 1,890 ކުދިންނަށް އެކި ކަހަލަ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން 483 ކުދިން މަރާލާފައިވެއެވެ. އަދި580 ކުދިން ރޭޕްކޮށް، 318 ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާއިރު، 1,407 ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބިފައިވެއެވެ.
އާންމުން ބުނާގޮތުގައި މިފަދަ ޖަރީމާތައް އިތުރުވަނީ ގާނޫނު ތަންފީޛުކުރުން ބަލިކަށިވުމުގެ ސަބަބުންނެވެ.



