ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ބޮޑު އީދު ބަންދުގެ ތެރޭގައި ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނާ އެކު ވަޑައިގެންނެވި ބޭފުޅުންނާއި މި ދަތުރުފުޅުގެ މުއްދަތެއް ވެސް އެ އޮފީހުން ހާމަ ކުރައްވާފައެއް ނުވެއެވެ.
ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރު ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ނުރަސްމީ ދަތުރުފުޅުގައި ފަސް ދުވަސް ސިންގަޕޫރުގައި ހޭދަކުރެއްވި އެވެ.
މީހެއިތުރުން މިދިޔަ ޖުލައިގައި ރައީސް ވަނީ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.
އޭގެ ކުރިން، މޭ އަދި އޮގަސްޓް 2024 ގައި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. ރައީސްގެ ދެކަނބަލުން އެ ފަހަރު ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާއަށެވެ.



