ރާއްޖޭގެ ބޮޑު ބަޔަކަށް މާދަމާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުންމެޓް، އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގެ ބާރުމިން އުޅޭނީ، 10 މޭލާއި 20 މޭލާ ދެމެދުގައި ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ. އަދި މި ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށާއި، ނަމަވެސް ދަތުރުފަތުރު ނުކުރެވޭވަރަށް ގަދަ ނުވާނެކަމަށް ވެސް ބުންޏެވެ.
މެޓް އޮފީހުން ބުނީ، ދަތުރު ކުރާއިރު މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުން މުހިންމު ކަމަށެވެ.



