ހުޅުމާލެ، ނިރޮޅުމަގުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ ރޭ 10:21 ހާއިރު ނިރޮޅުމަގު، ހަތްތަރި މާޓު ކައިރިންނެވެ.
އެ ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
އެ އެކްސިޑެންޓާ ގުޅިގެން ނިރޮޅުމަގުގެ އެ ސަރަހައްދުން ބޮޑު ބައެއް ފުލުހުން ވަނީ ބަންދުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



