އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ފީރޯޒްއާބާދުގައި އެއް އަހަރާއި ބައިގެ ތުއްތު ފިރިހެން ކުއްޖަކު ބިންމަތީގައި ތަޅައި ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލައިފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި ޖަރީމާ ހިންގާފައިވަނީ އެ ކުއްޖާގެ މަންމައާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެކެވެ.
މި ހާދިސާގެ ބިރުވެރި ސީސީޓީވީ ފުޓޭޖެއް މިހާރު ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ކުއްޖާ ގޮވައިގެން ހުސް ގޯޅިއެއްގެ ތެރެއިން ހިނގާފައި ގޮސް، ކުއްޖާ ބިންމަތީގައި ތަކުރާރުކޮށް ތަޅާ މަންޒަރު ފެނެއެވެ. މި އަނިޔާވެރި އަމަލަށްފަހު އެ ތުއްތު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތްކަން ފުޓޭޖުން ފާހަގަކުރެވެއެވެ.
އަދި އާންމުންގެ ބަޔަކަށް އެމަންޒަރު ފެނުމުން އެކުއްޖާ ކޮނޑަށް ލައިގެން އަވަހަށް އެތަނުން ދާ މަންޒަރުވެސް އެފޫޓޭޖުން ފެނެއެވެ.
Warning ⚠️ Firozabad Horror: Jealous Lover Kills 18-Month-Old Boy- Toddler Brutally Killed in Firozabad Over Love Affair.
A one-and-a-half-year-old boy in #UttarPradesh's #Firozabad was killed by a man, who was allegedly in love with the child’s mother, by repeatedly smashing… pic.twitter.com/3exohZzgq5
— Mr Parle G (@MrParleG) May 31, 2026
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މީހާ ކުއްޖާ މަރާލީ އެ ކުއްޖާގެ މަންމައާއެކު އޮތް ގުޅުމަށާއި ކައިވެންޏަށް އެ ކުއްޖާއަކީ ހުރަހެއް ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ.
”އޭނާ ގަބޫލުކުރީ އެ ކުއްޖާ ހުރުމުން އެމީހުންގެ ގުޅުމަށް ހުރަސް އެޅޭ ކަމަށް”ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.



