މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކަށް ބޭނުންވާ ދިރާސާތައް މިއަދު ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިއަދު ފެށި އެ މަސައްކަތުގެ ތެރެއިން ކުރާނީ، މަގުތައް ޒާމާނީކުރުމަށް ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް ކަމަށެވެ.
އަދި މަސައްކަތާގުޅޭ ސަރަހައްދުތައް ސާވޭކުރުމާއިި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ކުރިއަށްދާނެ އެވެ. މި މަސައްކަތް އަންނަ މަހު 4ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ބުންޏެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްެރޫޫއުގައި މި ދިރާސާގެ މަސައްކަތްތައް ކުރަމުންދަނީ ޗައިނާގެ ޓީމަކުންނެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދާ ފީޒިބިލިޓީ ސްޓަޑީގެ މަސައްކަަތަށް ޗައިނާ ސަރުކާރުން ފޮނުވި ޓެކްނިކަލް އެކްސްޕާޓުންގެ ޓީމެއް 2024 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖެ އަ އެވެ. އޭރު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެ ޓީމުގެ މަސައްަކަތަކީ، ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ އިތުރުން ސައިޓް ސާވޭތަކާއި ޑޭޓާ ކަލެކްޝަންގެ މަސައްކަތްތައް ކުރުމެވެ. އެ ސާވޭތައް އެ އަހަރުގެ ނޮވެމްބަރު މަސް ތެރޭ ކޮށް ނިންމިއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މި މަޝްރޫއަކީ، ޖެނުއަރީ 2024ގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ.




