އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލެވޭ ގަޑި 5އަށް އިތުރުކޮށްފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަން ކުރިން އޮތީ ހަވީރު 4:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން މައުލޫމާތު ދިން ގޮތުގައި، ވޯޓު ލެވޭ ގަޑި މިހާރު ވަނީ ހަވީރު 5:00 އަށް އިތުރުކޮށްފައެވެ.
މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،121 އެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ:
° ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)
° އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)




