ހުޅުމާލޭ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، ނިޔާވެފައި ވަނީ މާލެ، ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ.
ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ، އެ މީހާ ފެނުނީ ގެސްޓް ހައުސްގެ 3 ވަނަ ފަންގިފިލާއިންނެވެ. އަދި ފުލުހުންނަށް އެކަމުގެ ރިޕޯޓް ކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



