ވަޔާއި ކަނޑުތައް ވަރަށް ގަދަވާނެ ކަަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އަނެއްކާވެސް ރީނދޫ ސަމާލު ނެރެފިއެވެ.
މީ މެޓުން އެ އަތޮޅުތަކަށް ރީނދޫ ސަމާލު މިއަދު ނެރޭ ތިން ވަނަ ފަހަރެވެ.
މެޓުން އެ އަތޮޅުތަކަށް އެންމެ ފުރަތަމަ ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 15:30 އަށެވެ. އެ ސަމާލުގެ ވަގުތު ހަމަވެ، ދެވަނަ ސަމާލު ނެރެފައިވަނީ 15:30 އިން ފެށިގެން މިރޭ 19:30 އަށެވެ. މެޓުން އެންމެ ފަހުން ރީނދޫ ސަމާލު ދަންމާލާފައި ވަނީ މިރޭ 12:30ގެ ނިޔަލަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އިން މިރޭގެ މޫސުން ކުރިއަށް ލަފާކޮށް ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.



