ގިނަ ދިވެހިން ދަތުރުކުރާ އިންޑިއާގެ ސިޓީއެއް ކަމަށްވާ ޓްރިވެންޑްރަމް އިން ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާ މިއަދު ފެނިއްޖެއެވެ.
ޓްރިވެންޑްރަމްއިން ގެއްލިގެން އިއްޔެ ހޯދަން އިއުލާން ކުރީ ރ.މީދޫ، އަތަމާގެ / އަލީ އިބްރާހިމް (އައްޔަބެ) އެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި އައްޔަބެގެ ހަބަރެއް އެންމެ ފަހުންވީ އިއްޔެ ރޭ ފަތިހު 5:30 ގައެވެ. އައްޔަބެ އެންމެ ފަހުން ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެކެވެ.
އައްޔަބެ މިހާރު ފެނިފައިވާއިރު ހާލު ރަނގަޅުކަމަށް އާއިލާއިން މައުލޫމާތުދެއެވެ. އަދި އާއިލާއިން ވަނީ އައްޔަބެ ހޯދަން އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.



