މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް (އާނު)، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ އައިމަން ހައްޔަރުކޮށްފައިވާކަން ޔަގީންކޮށްދީފައެވެ.
އައިމަންގެ ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވީ އޭނާގެ ކުރީގެ އަނބިމީހާ އެވާހަކަތައް ސޯޝަލް މީޑިއާއަށް މިދިޔަ އޮކްޓޯބަރު މަހު ތިލަކުރުމުންނެވެ. އޭނާގެ ކުރީގެ އަނބިމީހާ މައުލޫމާތު ދިން ގޮތުގައި ކުއްޖާގެ އުމުރުން 6 އަހަރުން ފެށިގެން އައިމަން ޖިންސީ ގޯނާ ކުރަމުން ދިޔައީ އޭނާގެ އަމިއްލަ އަންހެން ދަރިފުޅަށެވެ.




