މާލެއިން ގެއްލިގެން ހޯދަމުންދިޔަ ފިރިހެން މީހާ މީގެ އިރުކޮޅެއް ކުރިން ހުޅުމާލެ އިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) އެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ ނޮވެންބަރު 11 ވަނަ ދުވަހުގެ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، ގެއްލިގެން ހޯދަމުންދިޔަ އިކްރާމް މީގެ އިރުކޮޅެއް ކުރިން ހުޅުމާލެއިން ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




