މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޓްރޭޑް ޢެސޯސިއޭޝަން (އެމްޓީއޭ) އިން ޚާއްސަ ނައިޓް މާކެޓެއް ބާއްވަން ނިންމައިފިއެވެ.
އެމްޓީއޭ އިން ބުނީ ”މިނިވަން އުފާ ނައިޓް މާރކެޓް“ގެ ނަމުގައި ބާއްވާ މި ނައިޓް މާކެޓަކީ މިނިވަންދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް އަދި، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
އަދި މިއީ އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގުސަދުގައި ބާއްވާ މާކެޓެއް ކަމަށެވެ.
މި ނައިޓް މާކެޓް އޮންނާނީ އަންނަ އޮގަސްޓް މަހުގެ 1 އިން 7 އަށް، ހުޅުމާލެ ރުށްގަޑު 2 ސަރަހައްދުގައެވެ.
އެމްޓީއޭ އަކީ ވިޔަފާރިވެރިންނަށް، ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން އިތުރު ފުރުސަތު ހޯދާދީ އަދި ވިޔަފާރިއާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދާ ދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.


