ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރެއްވި ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ރައީސްގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 ބޭފުޅަކު މިއަދު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
މި ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވެއެވެ.
ވަޒީރުންގެ މަޖިލީހުން 10 ބޭފުޅަކު އިސްތިއުފާ ދެއްވުމުން ރައީސް މުއިއްޒު މިއަދު ވަނީ މިނިސްޓްރީތަކަށް ބަދަލުތަކެއް ގެންނަވާފައެވެ.
އެގޮތުން ބައެއް މިނިސްޓްރީތައް އެއްކޮށްލާފައިވާއިރު، ބައެއް އާ ބޭފުޅުން ވަނީ މަގާމަށް އައްޔަނު ކުރައްވާފައެވެ.



