ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް ނަމަށް ބަދަލުކުރައްވައިފިއެވެ.
މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް
ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ގެންނެވި ބަދަލެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ވުޒާރާގެ ނަމަށް ގެނެވުނު ބަދަލާއެކު، އިސްލާމީކަންތައްތަކާ ބެހޭ އެންމެހާ މަސައްކަތްތަކާއި ދިވެހިރާއްޖޭގައި އައުޤާފްގެ ދާއިރާއިން ކުރެވޭ މުހިއްމު ހުރިހާ މަސައްކަތް ކުރިއަށް ދާނީ މި ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މިއީ އައުޤާފްތައް ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅަށް އިތުރު ކުރިއެރުން އަންނާނެ ކަމެކެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އައުޤާފް ވުޒާރާ އުފެދުނީ 1932 ވަނަ އަހަރުގައެވެ. މިއަދު މި ބަދަލު މި ގެނެވުނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފެދިފައި ނެތްތާ އަހަރުތަކެއް ފަހުންނެވެ.
ރައީސް އާ ވަޒީރުންގެ މަޖިލީހެއް މިއަދު އެކުލަވާލާފައިވާއިރު، އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ އެ މަގާމުގައި މިހާރުވެސް ހުންނެވި އަލީ ޝަހީމް އަލީ ސައީދު އެވެ.




