އެޕްރީލް މަހުގެ 13 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް ދޭންޖެހޭ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނި ގޮތުގައި އެޕްރީލް 13 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ ޖުމްލަ 1,924,463 ރުފިޔާ އެވެ.
މިފްކޯއިން މީޑިއާއާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 28 ދޯންޏަކަށް 1,923,588 ރުފިޔާ ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 2 ދޯންޏަކަށް 875 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
ހަމައެހެންމެ، ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދު ފުއްދަވައި، މިފްކޯއަށް ބޮޑު ކަންނެލި ކިރުވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ފެށްޓެވީ ވެސް އެމަނިކުފާނުގެ ސަރުކާރުގައެވެ.



