ދެކުނުގެ ރަށެއްގައި 17 އަހަރުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ދެކުނުގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މި 17 އަހަރުގެ ކުއްޖަކީ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ.




