މާލޭ ގެއެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން އިން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވެފައި ވަނީ އެ ގޭގެ ހުސް ބިމެއްގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައެވެ. އަލިފާން ރޯވި ސަބަބު އަދި ސާފެއް ނުވެއެވެ.
އަލިފާން ނިއްވާލައި، އެ ސަރަޙައްދު ރައްކާތެރިކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި އެތަނަކީ މަސްތުވާތަކެތި ބޭނުންކުރުމަށް ބައެއްފަރާތްތަކުން ބޭނުންކުރާތަނެކެވެ.




