ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ދ. ކުޑަހުވަދޫގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތަކީ މަސްވެރިންނަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިތަކާއި ޝަކުވާތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނެންގެވުމުގެ މަތިން އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް އަގަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.




