ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ދ. މީދޫގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ.
މި މަޝްރޫޢަކީ، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ދަށުން މިހާރު މިވަނީ ދ. މީދޫގައި ފިއުލް ސްޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް އަގަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.




