ދިވެހި ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި، ފުވައްމުލައް ސިޓީ މާދަނޑު، ސަމާ / ފާރޫޤް އަޙްމަދު އަވަހާރަވެއްޖެއެވެ.
ފާރޫޤް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ފާރޫޤްގެ އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، ދައުލަތަށާއި ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި ފާރޫޤް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވިކަން ފާހަގަ ކުރައްވައި، ފާރޫޤް އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
”އަޅުގަނޑުމެންނާ އެ ވަކިވެވަޑަައިގަތީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ގިނަގުނަ ޚިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްސިއްޔަތެއް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށި! އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ




