މިއަހަރުގެ އަޟްޙާ ޢީދު ނަމާދުވެސް މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މީގެއިތުރުން 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މާލެ ސަރަހައްދުގައި މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަޟްޙާ ޢީދު ނަމާދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެއެވެ.
އެއީ:
° މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު
° ވިލިމާލެ ފުޓުބޯޅަ ދަނޑު
° ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް
° ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނި
މި ތަންތަނުގައި ބޮޑު ޖަމާޢަތުގައި ނަމާދުު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
° މާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
– މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
– މަސްޖިދު މަލިކި ސަލްމާން
– މަސްޖިދުލް ފުރްޤާން
– މަސްޖިދުއް ނޫރު
– މަސްޖިދުއް ޝަހީދު ޢަލީ
– މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
– މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)
– މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
– މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
– މަސްޖިދު ޞަލާޙުއްދީން
– މަސްޖިދު ޖަލާލުއްދީން
– މަސްޖިދު އިބްރާހީމް
– މަސްޖިދު އިސްކަންދަރު
– މަސްޖިދު ޔޫސުފުލް ބަރުބަރީ
– މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
– މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
– މާފަންނު އާ މިސްކިތް
° ހުޅުމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
– މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ
– މަސްޖިދު ރަޝީދު
– މަސްޖިދު ޢަޒީޒާ މޫސާ
– މަސްޖިދު އަޞްދީޤާ
– މަސްޖިދުލްވާލިދައިނި
– މަސްޖިދުލް ޙަސަން އާދަމް
– މަސްޖިދު އުޘްމާން ބިން ޢައްފާން
ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.
ފަހަކަށް އައިސް ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި އަންނަނީ ކުރަމުންނެވެ. ނަމަވެސް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ބޮޑު ޖަމާޢާތުގައި ޢީދު ނަމާދު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދުކުރެއެވެ.
ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00ގައެވެ.



