އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ”ޕާޓްނަރޝިޕް އޮފް ރީޖަނަލް އަރމީސް ފޮރ ގްރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން“ ގައި ޤައުމީ ދިފާއީ ބާރުން ބައިވެރިވެެއްޖެއެވެ.
”އެކްސަސައިޒް ޕްރަގާޓީ 2026“ ގެ ނަމުގައި ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މިތަމްރީން އޮންނަނީ އިންޑިއާގެ މެގަލައިޔާގައި ހުންނަ އަމްރޯއި މިލިޓަރީ ސްޓޭޝަންގައެވެ.
މި ތަމްރީނުގައި ރާއްޖޭގެ އިތުރުން 12 ޤައުމަކުން ބައިވެރިވެއެވެ. އެއީ އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ، އަދި ވިއެޓްނާމްއެވެ.
މިތަމްރީން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ފަރުބަދަމަތީ އަދި ޖަންގަލި ސަރަހައްދުތަކުގައި ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކުގެ މައްޗަށެވެ. ފަންނީ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށާއި، އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ތަމްރީނުގައި، ޖޮއިންޓް ޕްލޭނިންގ އެކްސައިޒްތަކާއި، ޓެކްޓިކަލް ޑްރިލްސް، އަދި ކޯޑިނޭޓެޑް އޮޕަރޭޝަންސް ކުރިއަށްދާނެއެވެ.
މިތަމްރީނުގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް، އެމްއެންޑީއެފް ސްޕެޝަލް ބޯޓް ސްކޮޑްރަން އަދި އެމްއެންޑީއެފް މެރީންސް ހިމެނޭހެން 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއެވެ.


