ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހައްމަދު މުޢިއްޒު މިއަހަރު ކަނޑައަޅުއްވާފައިވާ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު، ދިވެހި ޙައްޖުވެރިންނާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.
ހައްޖުވެރިންގެ އިސް ޝެއިޚަކަށް މި ފަހަރު ވަޑައިގެންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން އެވެ.
މި އަހަރު ޙައްޖަށްދާ ދިވެހީން މިހާރު ވަނީ ފުރާފަ އެވެ. ހުރިހާ ޙައްޖުވެރީންވެސް މިހާރު ތިބީ މައްކާގަ އެވެ. ޙައްޖު ކޯޕަރޭޝަނުން ވަނީ ކުރީ އަހަރަށްވުރެ ފުރިހަމައަށް މި ފަހަރު އިންތިޒާމުތައް ހަމަޖައްސާފައެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާފައިވާ ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅެވެ.


