ފަނަރަ ރަށެއްގައި ލެބޯޓަރީ އިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހެލްތު މިނިސްޓްރީ އިން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން މި އިއުލާނު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ލެބޯޓްރީ ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އިއުލާބު ކޮށްފައިވާ ރަށްތަކަކީ:
° ރ. ފައިނު
° ނ. ކުޑަފަރި
° ނ. ފޮއްދޫ
° ބ.ކުޑަރިކިލު
° ބ. ދޮންފަނު
° މ.ރަތްމަންދޫ
° ލ.މުންޑޫ
° ލ.ކުނަހަންދޫ
° ށ.ގޮއިދޫ
° ހއ. މުރައިދޫ
° ހދ. ކުމުންދޫ
° ހދ. ނައިވާދޫ
° ތ. އޮމަދޫ
° ތ. ގާދިއްފުށި
° އދ. އޮމަދޫ
އެ އިއުލާނުތަކުގައިވާ ގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 8 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރަން ޖެހޭނެއެވެ.
ފައިނު، ކުޑަފަރި، ފޮއްދޫ، ކުޑަރިކިލު، ދޮންފަނު، ގޮއިދޫ، މުރައިދޫ، ކުމުންދޫ، ނައިވާދޫ ލެބޯޓްރީ ގާއިމްކުރުމާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖޫން ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި ހެލްތު މިނިސްޓްރީގައެވެ. އަދި ރަތްމަންދޫ، މުންޑޫ، ކުނަހަންދޫ، އޮމަދޫ، ގާދިއްފުށި، ދިއްދޫ ލެބޯޓްރީ އާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 ގައި ހެލްތު މިނިސްޓްރީގައެވެ.
8 ޖޫން ގެ ކުރިން ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އެ މިނިސްޓްރި އިން ބުނެފައިވެއެވެ.
މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން tender@health.gov.mv އަށް މެއިލްކުުރުމުން ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.



