ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރަރ، ހިޒް މެޖެސްޓީ އެމްޕެރަރ ނަރުހިޓޯއަށް މިއަދު ހެނދުނު އަރުވައިފިއެވެ.
ވެރިރަށް ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހިސް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ވަނީ ސަފީރު މަހްލޫފަށް މަރުޙަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި މިރަސްމިއްޔާތުގައި ސަޕީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް އެރުވިއެވެ.
ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސާ ގުޅުން ޤާއިމްކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. މިގޮތުން މިއަންނަ އަހަރަކީ ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާނެ އަހަރެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ސަފީރު މަހްލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު، އަލްފާޟިލް އަޙްމަދު ޢާދިލް، އަދި ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ހައްވާ ސަމްހާ، އަލްފާޟިލާ އާމިނަތު ރަޒިއްޔާ އަދި އަލްފާޟިލް އަޝްރަފް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.




