ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާމންސްޕޯޓް އެނެޑް ކޮޏްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ އެމަޝްރޫގައި މިހާރު ކުރިޔަށްދަނީ ލައިޓް ހަރުކުރުމާއި، ރޭމްޕް ސަރަޙައްދުގެ މަސައްކަތްތައް ކަަމަށެވެ. އަދި މި މަޝްރޫޢުގެ ޖުމްލަ 95.23 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ވެސް ބުންޏެވެ.
އެ މަޝްރޫގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމުގެ އިތުރުން ކައުންސިލުން އެދިގެން ޑިންގީތައް އަޅާ ސަރަހައްދެއް އެޅުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެެވެ.
އެ މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 23،017.2 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަހައްދެއްގައި ހިލަ ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ. އަދި 320 މީޓަރުގެ އެއްގަމުތޮށި ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ވަނީ ގާއިމުކޮށްފައެވެ.
މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމާއި ރޭގަނޑުވެސް ބަނދަރު ފަސޭހައިން ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީއައިއޭ)ގެ މަސައްކަތްތައް ހިމެނެއެވެ.




