ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެެސް ބޭއްވުން އަވަސްކޮށްފިއެވެ.
ކުރިން ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި އޮތީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ނަމަވެސް ރޭ އެ ޕާޓީން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ތާރީހު އަވަސް ކުރުމަށް ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރޭ އެ ޕާޓީ މެމްބަރުންގެ މަޖިލީހެއް ބޭއްވި ކަމަށާއި އެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށެވެ.
މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވި ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ރައީސް ހުށަހެޅުއްވިކަމެއް ވިދާޅުވެފައެއް ނުވެއެވެ.
އެ ހުށަހެޅުއްވުމަކީ، އޮކްޓޯބަރު މަހު ބޭއްވުމަށް ކުރިން ތާވަލުކުރި ކޮންގްރެސް، އަވަސް ކުރުންކަން ވަނީ އެނގިފައެވެ.ނަމަވެސް އެއީ ސީދާ ކޮން ތާރީޚެއްކަން އަދި އެނގިފައެއް ނުވެއެވެ.
”މުޅި ޕާޓީ މިދަނީ ޕާޓީގެ މަތީ މަޖިލިހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުން“ ޝުޖާއުގެ ޕޯސްޓުގައިވެއެވެ.



