ދިވެހި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ދ.މީދޫ ސާޔާ / ޞިއްދީޤު ޢަލީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ޞިއްދީޤުއަކީ ދ.މީދޫގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. މީދުއަށާއި ދިވެހި ދައުލަތަށް އިޚްލާސްތެރިކަމާއެކު ދިގުމުއްދަތެއްގައި ޞިއްދީޤު ކުރައްވަފައިވާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޞިއްދީޤު ނިޔާވުމާ ގުޅިގެން ރައީސް ވަނީ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަޙުމަތުގައި، ސުވަރުގޭގައި ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.




