މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،492 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ވަނީ އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބު މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް 5،226 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ތަފާސްހިސާބު:
– ވައްކަމުގެ 1،492 މައްސަލަ
– 1،380 އެކްސިޑެންޓް
– މަސްތުވާތަކެތީގެ 867 މައްސަލަ
– ތަކެތި ގެއްލިގެން 448 މައްސަލަ
– މާރާމާރީގެ 289 މައްސަލަ
– މުދަލަށް ގެއްލުންދިނުމުގެ 275 މައްސަލަ
– ގެވެށި އަނިޔާގެ 154 މައްސަލަ
– ޚިޔާނާތުގެ 116 މައްސަލަ
– ޖިންސީ ކުށްތަކުގެ 108 މައްސަ
– ފޭރުމުގެ 76 މައްސަލަ
– އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލަ
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖެނުއަރީ މަހުއެވެ.
އަހަރުގެ މިހާތަނަށް ކޮންމެ މަހަކު މައްސަލަތައް ރިޕޯޓުކޮށްފައިވާ އަދަދު:
° ޖެނުއަރީ މަހު 1،108 މައްސަލަ
° ފެބުރުއަރީ މަހު 953 މައްސަލަ
° މާރިޗު މަހު 966 މައްސަލަ
° އެޕްރީލް މަހު 874 މައްސަލަ
° މެއި މަހު 1،049 މައްސަލަ
މި ޖޫން މަހުގެ މިހާތަނަށް 125 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.



