ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގައި ބޮސްނިއާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު 1-4 ގެ ނަތީޖާއަކުން ސްވިޒަލެންޑް ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، މެޗުގެ ފަހު 16 މިނެޓުގެ ތެރޭގައި ފަސް ލަނޑު ފެނިގެންދިޔައެވެ.
ސްވިޒަލެންޑުން ލީޑު ނެގީ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޔޯހަން މަންޒަމްބީ ޖަހައިދިން ލަނޑުންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ބޮސްނިއާގެ ޓަރީކް މުހަރެމޮވިޗަށް ދެއްކި ރަތް ކާޑާއެކު އެ ޓީމަށް އިތުރު ދަތިތަކާ ކުރިމަތިވިއެވެ. އޭގެ ފަހުން ރުބެން ވާގަސް އާއި މަންޒަމްބީ އިތުރު ލަނޑުތަކެއް ޖަހައި ސްވިޒަލެންޑަށް ލީޑު ފުޅާކޮށްދިނެވެ.
މެޗުގެ އިތުރު ވަގުތުގައި ބޮސްނިއާގެ އެރްމިން މަމިޗް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުކޮޅު ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ގްރޭނިޓް ޝަކާ ވަނީ ސްވިޒަލެންޑުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މި މޮޅާއެކު ސްވިޒަލެންޑް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ގްރޫޕް އޭގެ އެއްވަނައަށް ޖެހިލާފައެވެ.
ބޮސްނިއާ މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.


