ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ދުވަސްވީ އަދި ޚިދުމަތްތެރި މުވައްޒިފެއް ކަމަށްވާ ވ. ފަޒީލާމަންޒިލް، އަހްމަދު އަޒްހީމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އަޒްހީމް ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިއަމުން ވެމްކޯއިން ބުނީ އޭނާއަކީ ގޭބީސީތައް ރަޖިސްޓްރީ ކޮށްގެން ކުނި ނަގަން ފެށި ދުވަސްވަރުން ފެށިގެން ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދިޔަ މުވައްޒިފެއް ކަމަށެވެ.
އަދި އޭނާއަކީ މަސައްކަތުގައި ނަމޫނާ ދެއްކި މުރާލި މުވައްޒިފެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
ވޭތުވެދިޔަ ނުވަ އަހަރު ދުވަހު ވެމްކޯއަށް ޚިދުމަތްކޮށްދީފައިވާ އަޒްހީމަކީ އެ ކުންފުންޏަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިން، މަަސައްކަތަށް ވަރަށް ކަމޭހިތާ މުވައްޒިފެއް ކަމަށް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުން އޭނާއަކީ އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ މުވައްޒިފެއްގެ ގޮތުގައިވެސް އެ ކުންފުނިން ސިފަކުރެއެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ އަޒްހީމްގެ ވަކިވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ދެރައެއް ކަމަށެވެ.




