ހުޅުމާލޭގެ ގެސްޓްހައުސެއްގެ ތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.



