ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 190,000 އިން މައްޗަށް އަރައިފިއެވެ.
މިއާއެކު ޗައިނާ އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 190,016 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޖުމްލަ 1.1 މިލިއަން ފަތުރުވެރިންގެ 16.8 ޕަސެންޓެވެ.
އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމު:
– ޗައިނާ: 190،016 ޓޫރިސްޓުން
– ރަޝިއާ: 164،067 ޓޫރިސްޓުން
– އިނގިރޭސިވިލާތް: 91،574 ޓޫރިސްޓުން
– އިޓަލީ: 76،549 ޓޫރިސްޓުން
– ޖަރުމަން: 71،238 ޓޫރިސްޓުން
– އިންޑިއާ: 67،687 ޓޫރިސްޓުން
– ފްރާންސް: 30،471 ޓޫރިސްޓުން
– އެމެރިކާ: 28،917 ޓޫރިސްޓުން
– އޮސްޓްރޭލިއާ: 26،878 ޓޫރިސްޓުން
– ސްވިޓްޒަލޭންޑް: 22،473 ޓޫރިސްޓުން
ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޖުމްލަ 1,304 ފެސިލިޓީއެއް އޮޕަރޭޝަންގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ 179 ރިސޯޓާއި، 936 ގެސްޓްހައުސްގެ އިތުރުން 16 ހޮޓާ އަދި 173 ޓޫރިސްޓް އުޅަނދެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ މިހާރު 68,190 އެވެ.




