ކ. ހިންމަފުށީގައި މާރާމާރީ ހިންގި މިސްރު ދެ މީހަކު ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅައިފިއެވެ.
ފުލުހުން ބުނީ ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ 2 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 2 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭކަންކަން ފުލުހުން ވަނީ ބަލާފައި ކަމަށާއި، އަދި ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް އެ ޚިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަން އަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.



