ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއް ރަޚްމާން ރާއްޖެއަށް ވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރު ރަހްމާން މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ މިނިސްޓަރު އިރުތިޝާމެވެ. މިނިސްޓަރު މި މަހުގެ 27 ގެ ނިޔަލަށް އެ ރާއްޖޭގައި މަޑުކުރައްވާނެއެވެ.
ރަހްމާންގެ މި ދަތުރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާނެއެވެ.



