ލ. ގަމުން 22 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ އެރަށު ތުނޑީ އަވަށު ކުރިބޯށިގެ / އަމްޖާޒު އަލީ އެވެ.
ފުލުހުން ބުނީ އަމްޖާޒު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށެވެ.
އޭނާގެ އާއިލާއާ ހަވާލީ އެ ރަށުގެ ކައުންސިލުން ބުނީ އަމްޖާޒުގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ.
ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން އަމްޖާޒު ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އާއިލާގެ ނަމްބަރު 9502503 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދިނުމަށް އާއިލާއިން އެދިފައިވެއެވެ.



