އަންނަ އާދިއްތާ ދުވަހާ ހަމައަށް، މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
މޫސުމީ ލަފާކުރުންތަކުން ދައްކާގައި ގޮތުގައި، އެންމެ ބޮޑަށް ވިއްސާރަކުރާނީ މާދަމާ އެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މިއަދު ހަވީރު 4:00 ގެ ނިޔަލަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.



