ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 11:30 އާ ހަމައަށެވެ.
މެޓުން ނެރުނު ސަމާލުގައި ބުނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެޓުން ބުނިގޮތުގައި ވައި ޖެހޭނެކަމަށް ލަފާކުރަނީ ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިިނުގައެވެ. އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެެ. ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެން ހިސާބުގެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، އުދަ އަރާ ގަޑިތަކުގައި ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.



