ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން ފައިރޫޝް ވަނީ ސޯޝަލް މީޑިއާގައި މިއަދު ހާމަކުރައްވާފައެވެ. އަދި އެ ނިންމުން ނިންމެވީ ގިނަ ގޮތްގޮތަށް ވިސްނަވާފައި ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ.
އެއާއެކު އޭނާ ވިދާޅުވީ މިއީ ދައުލަތަށް ހިދުމަތް ކުރުމުގެ ބާބު ނިންމާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ފައިރޫޝް ވަނީ ދައުލަތަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. ހާއްސަކޮށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ހިދުމަތްކުރުމުގެ ފުރުސަތު ލިބުނު މުވައްސަސާތައް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އައްޔަނު ކުރުމުގެ ކުރިން ފައިރޫޝް ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށެވެ. އޭނާ ހޯމް މިނިސްޓްރީއަށް ބަދަލު ކުރީ އޮކްޓޯބަރު 2024 ގައެވެ.



