ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބެންކު ފަންޑު މެދުވެރިކޮށް މި އަހަރު ހިލޭ އެހީ ލިބޭ ފަސް މަޝްރޫއެއް ހޮވައިފިއެވެ.
ބެންކް ފަންޑަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގުސަދުގައި ބީއެމްއެލްއިން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.
އެ ފަންޑުން މި އަހަރު އެހީ ދިނުމަށް ހަމަޖެހިފައިވާ މަޝްރޫތަކާއި ޖަމިއްޔާތަކަކީ؛
° ދިއްދޫ ކުރިމަގު: ހއ. ދިއްދޫގައި ’ހައިވް‘ ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ޚާއްސަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޚާއްސަ މަރުކަޒެއް
° ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި ’މާމުލި އިކޯ ޕާކް‘ ތަރައްޤީކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް
° ލާމު ފާމާސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި ’ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް‘ ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫޢެއް



