ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު އެ މަގާމުން ވަކިކުރައްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރެއްވި ލަތީފް އެ މަގާމުން ވަކިކުރެއްވީ އިއްޔެ ރައީސް އޮފީހުން ފޮނުއްވި ސިޓީއަކުންކަން އެނގިފައިވެއެވެ.
ލަތީފް ވިދާޅުވި ގޮތުގައި މަގާމުން ވަކިކުރައްވާފައިވާކަން ސިޓީއަކުން އަންގާފައިވަނީ ކުއްލި ގޮތަކަށެވެ. ވަކިކުރާ ސަބަބަކަށް އެ ސިޓީގައި ބުނެފައިވަނީ ސިޔާސީ މަގާމުތައް މަދުކުރުމުގެ ސިޔާސަތުގެ ދަށުން ވަޒީފާއިން ވަކިކުރީ ކަމަށެވެ.
ލަތީފް އެ މަގާމަށް އައްޔަންކުރެއްވީ، ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު ޑިސެމްބަރު 2023 ގައެވެ.



