ރާއްޖޭން އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ހުށަހަޅައިފިއެވެ.
ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގައެވެ.
އެނގިފައިވާ ގޮތުގައި ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ސަފީރުކަމަށް ޖަމީލާ އައްޔަންކުރަން ފޮނުވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ޖަމީލާ ވަނީ ޖަރުމަނުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުކަން 2017 އިން 2019 އަށް ފުރުއްވައިފައެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކުރެއްވިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.



