ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރަން ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި މީގެއިތުރުން ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސުމަށްވެސް ވަޒީރުން މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަށް ހަމަޖެއްސެވުމަށްވެސް ިއއްޔެ ވަޒީރުން މަޖިލީހުން ވަނީ ނިންމާފަ އެވެ.
ފޯންކޯލްތައް ކޮށް، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ހިންގައިފައިވާ ގިނަ ސްކޭމްތައް ހިންގާފައިވަނީ ޖަލުގެ ތެރެއިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.



