ސައުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ޚާއްސަ ދަޢުވަތަށް، މުހިންމު މަޝްވަރާ ބައްދަލުވުމަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަދީ ސައީދު ސައުދީއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޝަހީމްގެ މި ދަތުރުގައި ކިންގު ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރާއްޖެއާއި ސައުދީ ޢަރަބިއްޔާއަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުންދާ ދެ ޤައުމެވެ. ދީނީ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށް ފޯރުކޮށްދޭ އެހީތެރިކަމުގެ އިތުރުން، ޙައްޖުގެ އިންތިޒާމްތަކުގައި ސަޢުދީ ސަރުކާރުން ރާއްޖެއަށް ލުއިފަސޭހަ އިންތިޒާމްތައް ހަމަޖައްސައިދީ، އެހީތެރިކަން އަންނަނީ ދެމުންނެވެ.
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކުރީ 17 މާރޗް 1981ގައެވެ. ސައުދީއަކީ ރާއްޖެއަށް ގިނަ ދާއިރާތަކުން މިހާރުވެސް އެހީތެރިވަމުން އަންނަ ޤައުމެކެވެ.



