ދިވެހި ފިރިހެނަކު މާލޭގައި ހުރި ގެސްޓްހައުސެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 45 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ، މާފަންނުގައި ހުންނަ ގެސްޓްހައުސެއްގައި ދިވެއްސަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:51 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނީ ހއ. މޮޅަދޫ، އޯސަނިކްވިލާ / އިބްރާހީމް ނަޢީމެވެ.
ނަޢީމްގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.



