ހުޅުމާލޭގައި ފުލުހުންގެ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާއި ދިމާލަށް ދުއްވާފައި ދިޔަ ކާރަކާއި އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލަކާއި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ފުލުހުންގެ ދެ އޮފިސަރުންނަށް ވަނީ އަނިޔާވެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



