ކ. ތުލުސްދޫ ކައިރީގައި ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް މިރޭ އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށެވެ. އަދި ދެ މީހަކަށް ފަރުވާދެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވީ ތުލުސްދޫ ތަރިކަ އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗަކާއި މީރު އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހިގެންނެެވެ.



