އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެ ޕާޓީ އުފެއްދުމުމުގައި އިސް ދައުރެއް އަދާކުރެއްވި މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ޚިދުމަތްކުރި އަދާލަތު ޕާޓީ އަށް އަލުން ވަނުމަށް ނިންމަވާފައިވާ ކަމަށެވެ.
އެހެންވެ މި އަހަރު ފަހުކޮޅު އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަ ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އަކީ މިދިޔަ ސަރުކާރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިއެކެވެ. އަދި އެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވީ އިމްރާނެވެ.



