ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ މިއަދު މެންދުރު ހުޅުމާލެ ފޭސް 1 އިން ފެނިއްޖެއެވެ.
ފުލުހުން ބުނީ ކުއްޖާ ފެނުނީ މިއަދު 12:18 ގައި ކަމަށެވެ.
ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
އެކުއްޖާ ގެއްލިގެން ފުލުހުން ހޯދަން ފެށީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.
އެ ދަރިވަރު ސްކޫލަށް ދާން ނުކުތީ ހިޔާ ޓަވަރު 8 އިން ކަމަށާއި އެކަމަކު އެ ކުއްޖާ ސްކޫލަށް ނުވަންނަކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުންޏެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލް ގުޅިގެންނެވެ.



